Latest News

Maldives Jiu Jitsu Association

ދުނިޔެއިން ޖަރުމަނު ޖުޖިޓްސޫ ޔެލޯ ބެލްޓް ހޯދި ފުރަތަމަ ބަޔަކަށް ދިވެހިން

  • ޖުޖިޓްސޫ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ ގްރޭޑިން އިން ފާސްވެ މުޅި ދުނިޔެއިން ވެސް ޖާމަން ޖުޖިޓްސޫ ޔެލޯ ބެލްޓް ހާސިލުކުރި ފުރަތަމަ ފަސް އެތްލީޓުންނަށް ދިވެހިން ވެއްޖެއެވެ.
  • މިއީ އަބޫދާބީގައި ނިމިގެންދިޔަ ޖުޖިޓްސޫ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ އަހަރީ އާންމު ޖަލްސާއާއި ޖުޖިޓްސޫ ވޯލްޑް ޗެމްޕިއަންޝިޕަށްފަހު ދިވެހި އެތްލީޓުންނަށް އަމާޒުކޮށްގެން ބޭއްވި ރޭންކިންގައި ދިވެހި އެތްލީޓުން ހޯދި ބޮޑު ކާމިޔާބީއެކެވެ.
  • ޖުޖިޓްސޫ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ އަހަރީ އާންމު ޖަލްސާގައި މިއީ ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ޖަލްސާގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ ޖުޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ހުސެއިން ޒާހިރު އާއި ޖެނެރަލް ސެކްރެޓަރީ ޝަހާ ހަސަންއެވެ.
  • ޖާމަން ޖުޖިޓްސޫ ޔެލޯ ބެލްޓް މުޅި ދުނިޔެއިންވެސް ހާސިލުކުރި ދިވެހި ފުރަތަމަ ފަސް އެތްލީޓުންނަކީ ހުސެއިން ޒާހިރު އާއި އަލީ ފާރިސްގެ އިތުރުން މުހައްމަދު ޝާން ހަސަން އާއި ހަސަން އަލީގެ އިތުރުން އަންހެން އެތްލީޓު ކަމަށްވާ ޝަހާ ހަސަންއެވެ.

އަބޫދާބީގައި ކުރިޔަށްދިޔަ ޓްރެއިނިންތަކުގެ ތެރެއިން

ތިރީގައި މިވަނީ ރާއްޖެއިން ޔެލޯ ބެލްޓް ހާސިލުކުރި ފަސް އެތްލީޓުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކާއި ކެރިއަރުގައި ލިބުނު މަގާމުތަކެވެ.

ހުސެއިން ޒާހިރު (ޖުޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް)

  • މާޝަލް އާޓްސްގައި 15 އަހަރު
  • އިންޓަނޭޝަނަލް ވޫޝޫ އިންސްޓްރަކްޓަރ
  • ވޯލްޑް ވޫޝޫ ޗެމްޕިއަންޝިޕް 2010 ލޯ މެޑަލް
  • ޝޮޓޮކަން ކަރާޓީ ތިންވަނަ ޑޭން ބްލެކް ބެލްޓް
  • ޖުޖިޓްސޫ ސައުތް އޭޝިއަން ޗެމްޕިއަންޝިޕް 2019 ރިހި މެޑަލް
  • ޖާމަން ޖުޖިޓްސޫ ޔެލޯ ބެލްޓް

އަލީ ފާރިސް (ޖުޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް)

  • މާޝަލް އާޓްސްގައި 15 އަހަރު
  • އިންޓަނޭޝަނަލް ވޫޝޫ އިންސްޓްރަކްޓަރ
  • ޝޮޓޮކަން ކަރާޓީ ދެވަނަ ޑޭން ބްލެކް ބެލްޓް
  • ޖުޖިޓްސޫ ސައުތް އޭޝިއަން ޗެމްޕިއަންޝިޕު 2019 ލޯ މެޑަލް
  • ޖާމަން ޖުޖިޓްސޫ ޔެލޯ ބެލްޓް

މުހައްމަދު ޝާން ހަސަން

  • މާޝަލް އާޓްސްގައި 9 އަހަރު
  • އިންޓަނޭޝަނަލް ވޫޝޫ އިންސްޓްރަކްޓަރ
  • ޝޮޓޮކަން ކަރާޓީ އެއްވަނަ ޑެން ބްލެކް ބެލްޓް
  • ޖުޖިޓްސޫ ސައުތް އޭޝިއަން ޗެމްޕިއަންޝިޕް 2019 ރިހި މެޑަލް
  • ޖާމަން ޖުޖިޓްސޫ ޔެލޯ ބެލްޓް

ހަސަން އަލީ

  • މާޝަލް އާޓްސްގައި 16 އަހަރު
  • ޝޮޓޮކަން ކަރާޓީ ބްރައުން ބެލްޓް
  • ޖާމަން ޖުޖިޓްސޫ ޔެލޯ ބެލްޓް

ޝަހާ ހަސަން (ޖުޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ)

  • މާޝަލް އާޓްސްގައި 7 އަހަރު
  • އިންޓަނޭޝަނަލް ވޫޝޫ އިންސްޓްރަކްޓަރ
  • ޝޮޓޮކަން ކަރާޓީ އެއްވަނަ ޑެން ބްލެކް ބެލްޓް
  • ޖުޖިޓްސޫ ސައުތް އޭޝިއަން ޗެމްޕިއަންޝިޕް 2019 - 1 ރަން މެޑަލް، 2 ލޯ މެޑަލް
  • ޖުޖިޓްސޫ އިންޓަނޭޝަނަލް ރެފްރީ
  • ޖާމަން ޖުޖިޓްސޫ ޔެލޯ ބެލްޓް

މީގެއިތުރުން ޝަހާ ވަނީ އަބޫދާބީގައި ނިމިދިޔަ ޖުޖިޓްސޫ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ބޮޑެތި މަގާމުތަކެއް ލިބިފައެވެ. އެއީ

  1. ޖުޖިޓްސޫ އިންޓަނޭޝަނަލް ފެޑެރޭޝަނުގެ އަންހެނުންގެ ކޮމިޝަނުގެ މެމްބަރު
  2. ޖުޖިޓްސޫ އޭޝިއަން ޔޫނިއަންގެ ދެކުނު އޭޝިއާގެ އަންހެނުންގެ ކޮމިޝަނަރ
  3. ދެކުނު އޭޝިއާގެ ޖުޖިޓްސޫ އެސޯސިއޭޝަނުގެ ޖޮއިންޓް ސެކްރެޓަރީ

މީގެއިތުރުން ރާއްޖެއިން މި ޔެލޯ ބެލްޓް ހާސިލުކުރި އެތްލީޓުންނަކީ ފިޓްނަސް ދާއިރާއިން ވެސް މަތީ ވަނަތަކެއް ހާސިލުކޮށްފައިވާ އެތްލީޓުންތަކެކެވެ. އަދި މި އެތްލީޓުންނަކީ ޖުޖިޓްސޫގެ އެހެން ވައްތަރުތައް ވެސް ފަރިތަކުރަމުންދާ އެތްލީޓުންތަކެއް ކަން ފާހަގަކޮށްލެވެއެވެ.